ads
ފޮޓޯ: ސަން
"ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސޯދު އިނދަ ޖައްސާލުންތޯ؟"
ކޯލިޝަން ސަރުކާރުގެ ކާމިޔާބީ އަކީ ގައުމުގެ އިގްތިސާދު އިނދަޖެއްސުންތޯ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

އަބްދުއްރަހީމް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މީގެ ދެ އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ބަލިވުން ސަރުކާރު ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކުން ފާހަގަކުރަމުން ދަނިކޮށެވެ. 

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓި، އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި އިގްތިސާދު އަޑި އަޅާލާފައިވާއިރު، އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވަނީ ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސާދު އިނދަ ޖެއްސުންތޯ ސުވާލު އުފައްދަވާފައެވެ. 

އަދި ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ، މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދި މަނީލޯންޑްރިން އާއި ރިޝްވަތު ނެގުމުގެ އިތުރު ދައުވާ އެއް އުފުލާފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލެވުންތޯ ވެސް އަބްދުއްރަހީމް ސުވާލު އުފައްދަވާފައިވެ އެވެ. 

ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އަންނަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. 

މީގެ އިތުރުން ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާ ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް