ads
ގއ. މާމެންދޫ--
މާމެންދޫ ހޯމް ކަރަންޓީންގައި ތިބި 5 މީހަކު ޕޮޒިޓިވް، 2 މީހުން ހައިރިސްކް
ގއ. މާމެންދޫގައި ހޯމް ކަރަންޓީންގައި ތިބި ފަސް މީހަކު ކޮވީޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެރަށަށް ދިޔަ ހަތް މީހުންގެ ތެރެއިން ފަސް މީހުން ކަމަށެވެ. އެ ހަތް މީހުންގެ ތެރޭގައި 20 ދުވަހުގެ އަދި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭ ކަމަށް މައުލޫމާތު ދެއްވި އެވެ. 

ޒައީމް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 29 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ އަންހެނަކާއި، 63 އަހަރުގެ އަންހެނަކާއި، 76 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. 

މީގެ ތެރެއިން ހައި ރިސްކް މީހުންގެ ހާލު ތަންކޮޅެއް ދެރަކަމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ގުޅިގެން އެމީހުން ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

މީގެ އިތުރުން ޒައީމް ވިދާޅުވީ ދެ ކުޑަކުދިންގެ ފަރާތުން ބަލީގެ އަލާމާތް ފެންނާތީ އެކުދިން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

އެޗްޕީއޭއިން އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި ގއ. އަތޮޅުގެ ދެ ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް ތިއްބެވެ. އެއީ މާމެންދޫ އާއި ގއ. ވިލިނގިލީގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް