ads
މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
މިއީ ސާކްސަމިޓް ބާއްވާ ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: މިނިސްޓަރު ޝާހިދު
މިވަގުތަކީ ސާކް ސަމިޓް ބޭއްވުމުގެ ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފަވާ ކަމަށް ބޭރު ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވަނީ، ސާކްގެ ފޮރިން މިނިސްޓަރުންގެ މެދުގައި އިއްޔެ ކުރިއަށްގެންދިޔަ ނުރަސްމީ ބައްދަލުވުމުގެވެ. 

އިއްޔެގެ ބޭއްވި މި ނުރަސްމީ ބައްދަލުވުމުގައި މިއީ ގައުމުތަކުން ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަންވީ ވަގުތުކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެހެން ނަމަވެސް މިއީ ސާކް ސަމިޓް ބޭއްވުމަށް މަޝްވަރާ ކުރަން ރަނގަޅު ވަގުތު ނޫން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. 

މި ނުރަސްމީ ބައްދަލުވުމުގައި 19 ވަނަ ސާކް ސަމިޓް ޕާކިސްތާންގައި ބޭއްވުމަށް މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައި އޮތް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ނަވާރަ ވަނަ ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައި އޮތީ 2016 ވަނަ އަހަރު އެވެ. އެހެންނަމަވެސް ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރިން ޓެރަރިސްޓް ޖަމާއަތަކުން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނުމުން އިންޑިއާ ހިމެނޭހެން ސާކްގެ ގިނަ ގައުމުތަކުން ވަނީ އެ ސަމިޓް ބޮއިކަޓް ކުރުމަށް ނިންމީ އެވެ. އަދި އެ ސަބަބާއި ގުޅިގެން އެ ފަހަރުގެ ސަމިޓް ކެންސަލް ކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް