ads
ދީޕިކާ ޕަޑުކޯން--
ޑްރަގުގެ މައްސަލައިގައި މިއަދު ދީޕިކާއާ ސުވާލުކުރަނީ
މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނުގެ މައްޗަށް ތުހުމަތުކުރެވޭ ޑްރަގުގެ މައްސަލައާ ގުޅިގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން މިއަދު އޭނާއާ ސުވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ މައްސަލައާއެކު ފެންމަތިވެގެން އުޅޭ ޑްރަގުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ރިއާ ޗަކްރަބަތީ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި ޑްރަގު ބޭނުންކުރާ ތަރިންގެ ލިސްޓެއް ކިޔައިދީފައި ވަނީ ރިއާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

އޭގެ ތެރޭގައި ދީޕިކާގެ އިތުރުން ސައިފް އަލީ ހާނުގެ ހުރި އަންހެން ދަރިފުޅު، ސާރާ އަދި ބަތަލާ ރަކުލް ޕްރީތާއި ޝަރައްދާ ކަޕޫރު ހިމެނެ އެވެ. 

އިއްޔެ ރަކުލްއާ ސުވާލުކޮށްފައިވާއިރު ރިއާއާއެކު ޑްރަގު ބޭނުންކުރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މިއަދު އެ މައްސަލައާ ގުޅިގެން ދީޕިކާއާ ސުވާލުކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު އިއްޔެ ހަބަރުތައް ފެތުރުނު ގޮތުގައި ޑްރަގުގެ ވާހަކަތައް ދައްކަން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގެ އެޑްމިންއަކީ ދީޕިކާ ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން މިއަދު ދީޕިކާއާ ސުވާލުކުރާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އޭނާ އެ އިދާރާއަށް ހާޒިރުވާނެ ގަޑިއެއް ސާފެއް ނުވެ އެވެ. 

ދީޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް، ގޯއާގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޑްރަގުގެ މައްސަލައިގައި ދީޕިކާގެ ނަން ހިލިގެން ދިޔައިރު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ދީޕިކާ ވަނީ އެނބުރި މުމްބާއީއަށް ގޮސްފަ އެވެ. އަދި ވަކީލުން ވެސް ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ. 

އެ މައްސަލައާ ގުޅިގެން ސާރާ އާއި ޝްރައްދާއަށް ވެސް ވަރަށް އަވަހަށް ސުވާލުކުރާނެ ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް