ads
ފޮޓޯ: އޭއެފްޕީ
އެމެރިކާ އިން ކޮވިޑް ޖެހުނު އަދަދު ހަތް މިލިއަނުން މައްޗަށް
އެމެރިކާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތް މިލިއަނުން މައްޗަށް އަރައިފި އެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވާ ގައުމުގެ ގޮތުގައި އޮތް އެމެރިކާ އިން ބަލި ޖެހުނު މީހުންގެ އަދަދު ހަތް މިލިއަނުން މައްޗަށް އަރާފައިވާއިރު އެމެރިކާއަކީ ބަލި ޖެހުނު މީހުންގެ އަދަދު ހަތް މިލިއަނަށް އެރި ފުރަތަމަ ގައުމެވެ. 

އެމެރިކާ އިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވެސް މިހާރު ވަނީ ދެ ލައްކަައަށް އަރާފަ އެވެ. އެއާއެކު އެގައުމުވެފައި މިވަނީ ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑްގައި މަރުވެފައި ގައުމަށެވެ. 

ދެވަނައިގައި އޮތް އަވަށްޓެރި އިންޑިއާ އިން ބަލި ޖެހުނު މީހުންގެ އަދަދު ހަ މިލިއަނާ ގާތްކުރާއިރު އެ ގައުމަކީ ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ދެވަނަ ގައުމެވެ. އަދި ކުރިން ދެވަނައިގައި އޮތް ބްރެޒިލް އިން ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 4.6 މިލިއަންގަ އެވެ. 

އެ ތިން ގައުމަށް ފަހު ދެން މިލިއަނެއްހާ މީހުންނަށް ކޮވިޑް ޖެހިފައި ވަނީ ރަޝިއާ އިންނެވެ. އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 1.1 މިލިއަނުގަ އެވެ. ބައެއް ގައުމުތަކުން މިހާރު ކޮވިޑް ކޮންޓްރޯލްކޮށްފައިވާއިރު އަނެއް ބައި ގައުމުތަކަށް ވަނީ ބަލީގެ ދެވަނަ ރާޅެއް ފޯރާފަ އެވެ. 

މިހާރު ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 32.4 މިލިއަނަށް އަރާފައިވާއިރު ބަލިން ރަނގަޅުވި އަދަދު 22.3 މިލިއަނަށް އަރަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް