ads
އީސީގެ މެމްބަރުން--
އީސީގެ ކުއްލި ޖަލްސާތަކުގައި އިންތިހާބާ ގުޅޭ މައްސަލަތައް ނުބެލޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުއްލި ބައްދަލުވުންތަކުގައި އިންތިހާބާ ގުޅޭ މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަނުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

އެގޮތަށް ގަވާއިދު އިސްލާހުކޮށް، ގެޒެޓުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. 

ގަވާއިދަށް ގެނެސްފައިވާ ބަދަލުގައިވާ ގޮތުން އީސީގެ ކުއްލި ބައްދަލުވުންތަކުގައި ބޮޑެތި ބައެއް ކަންކަމާ މެދު ގޮތެއް ނުނިންމޭނެ އެވެ. 

އޭގެ ތެެރޭގައި އިންތިހާބާ ގުޅޭ މައްސަލަތަކާއި، ބަޖެޓާއި ފައިސާއާ ގުޅޭ މައްސަލަތަކާއި، ކޮމިޝަނުގެ ގަވާއިދަށް ބަދަލު ގެނައުމާއި، ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުން ހިމެނެ އެވެ. 

އޭގެ އިތުރުން މުވައްޒަފުންގެ ވަޒީފާ އާއި މުސާރަ އަދި އިނާޔަތަށް ބަދަލު ގެނައުމާއި، ހިންގުމުގެ އޮނިގަނޑު ބަދަލު ކުރުމާއި، މުވައްޒަފުން ބޭރަް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުމާ މެދު ވެސް އެފަދަ ޖަލްސާއެއްގައި ގޮތް ނުނިންމޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް