ads
ޗައިނާގެ މިސްކިތެއް-- ފޮޓޯ: ނިއު ޔޯކް ޓައިމްސް
ޝިންޖިއާންގައި މިސްކިތްތައް ބިމާހަމަކުރި ކަމަށް ކުރެވޭ ތުހުމަތު ޗައިނާއިން ދޮގުކޮށްފި
ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އެތައް ހާސް މިސްކިތެއް ބިމާ ހަމަކޮށްފައިވާ ކަމަށް ކުރި ތުހުމަތު ޗައިނާއިން ދޮގުކޮށްފި އެވެ.

އޮސްޓްރޭލިއަން ސްޓްރެޓިޖިކް ޕޮލިސީ އިންސްޓިޓިއުޓުން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ބުނީ ޝިންޖިއާން ސަރަހައްދުން 16،000 މިސްކިތް ބިމާ ހަމަކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ކުރި އާއި އޭގެ ފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯ ބޭނުންކޮށްގެންނެވެ. 

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޝިންޖިއާން ސަރަހައްދުން އުއިގާ މުސްލިމުންގެ ދަރިފަސްކޮޅު ނައްތާލުމަށް ޗައިނާ ސަރުކާރުން ދަނީ ރާވައިގެން ބޮޑު ޖަރީމާއެއް ހިންގަމުންނެވެ. 

އެ ރިޕޯޓަށް ރައްދު ދެމުން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވާންގް ވެންބިން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ކަމަށެވެ.

އޭގެ އިތުރުން އެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ޗައިނާއާ ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމަށް ފައިސާދޭ ފަރާތްތަކުގެ އެހީއާއެކު ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް