ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ--- ފޮޓޯ:އެމްއެންޑީއެފް
ޑިފެންސް މިނިސްޓަރު މާރިޔާގެ ކޮވިޑް ސާމްޕަލް ނެގެޓިވް ވެއްޖެ
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލް ނެގެޓިވްވެއްޖެ އެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޯގާގެ އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓު ކުރަން ސާމްޕަލް ދިން ނަމަވެސް، އޭގެ ނަތީޖާ އައިއިރު ނެގެޓިވްވެފައިވާ ކަމަށެވެ. 

މާރިޔާ އާއެކު ފިރިކަލުން މުހައްމަދު އާމިރު ވެސް ކޮވިޑަށް ޓެސްޓު ކުރި އެވެ. ނަމަވެސް އޭނާގެ ސާމްޕަލް ވެސް ވަނީ ނެގެޓިވްވެފަ އެވެ. 

މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ. 

އުމުރުން 82 އަހަރުގެ މައުމޫނަށް ފަރުވާއަށް ފަހު ނެގި ސާމްޕަލް ނެގެޓިވް ވުމުން މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް