ads
އައިއެންއެސް ސުނަންޔާ-- ފޮޓޯ: އެމްއެންޑީއެފް
ދިވެހި ކޯސްޓުގާޑާއެކު ހިންގާ މެރިޓައިމް ޕެޓްރޯލަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ
ދިވެހި ސިފައިންގެ ކޯސްޓުގާޑާއި އިންޑިއާގެ ނޭވީ ގުޅިގެން ކަނޑުމަތި ޕެޓްރޯލް ކުރުމަށް އިންޑިއާގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މިއީ އިންޑިއާގެ ނޭވީއާ ގުޅިގެން ސިލްސިލާކޮށް ހިންގާ ޖޮއިންޓް މެރިޓައިމް ސާވައިލަންސް ޕެޓްރޯލެއް ކަމަށެވެ. 

އެ ޕެޓްރޯލް ކުރިއަށް ގެންދިޔުމަށް ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ އައިއެންއެސް ސުނަންޔާ މަނަވަރެވެ. 

އެމްއެންޑީއެފުން ބުނީ އެ ޕެޓްރޯލް ކުރިއަށް ދާނީ ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު 4 ގެ ނިޔަލަށް ކަމަށެވެ. އިންޑިއާއާ ގުޅިގެން މިފަދަ ހަރަކާތްތައް ކުރިން ވެސް ދިވެހި ސިފައިން ހިންގަ އެވެ.

ދާދި ފަހުން އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ވަނީ ރާއްޖެ ސިފައިންނާ ގުޅިގެން ހިންގާ ހަރަކާތަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް