ads
މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމާއި ސިއްހީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއްތަކެތި މިއަދު ހަވާލްކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ހެލްތު މިނިސްޓްރީއާއި ހަވާލްކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އެވެ. އަދި އެތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ހަވާލުވީ މިނިސްޓްރީގެ ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު އަސްލަމެވެ. 

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ އައި.ސީ.ޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތަކެވެ. 

މިނިސްޓްރީން ބުނީ އެތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އައި.ސީ.ޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީކުރެވިގެންދާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ޕީ.ސީ.އާރު ޓެސްޓްކިޓްގެ އިތުރުން ޖީން އެކްސްޕާޓް ކާޓްރިޖް ކާޓްރިޖްގެ 15،000 އަށް ވުރެ ގިނަ ކާޓްރިޖް އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށްވަނީ ހަދިޔާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް