ads
ކްރިކެޓް ބޯޑުގެ އާ ރައީސް ފައިސަލް
ކްރިކެޓް ބޯޑުގެ ރައީސަކަށް ފައިސަލް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މުހައްމަދު ފައިސަލް އިންތިހާބުވެއްޖެ އެވެ.

އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާ އިންތިހާބު، ފައިސަލް ކާމިޔާބު ކުރެއްވީ މިއަދު އެވެ.

ފައިސަލް އިންތިހާބު ކާމިޔާބުކުރެއްވީ 16 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 15 ފުލް މެމްބަރުންގެ ވޯޓާއި އެސޯސިއޭޓް މެމްބަރުންގެ ވޯޓާ އެކު އެވެ. ފައިސަލް އާއި އެކު އެކްސްކޯގެ ނާއިބު ރައީސްކަމަށް އިންތިހާބުވީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި އެކްސްކޯ މެމްބަރު ކުޑަދޮނާއެވެ.

މިއަދު އޮތް ކްރިކެޓް ބޯޑުގެ އިންތިހާބުގައި މިހާރުގެ ރައީސް އަހުމަދު އަފްލާހު (އަފޫ) ވާދަނުކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް