ads
ކަނޑުއޮތްގިރީ ފިޝްވިލެޖް މަސް ބަންދުކުރުމުގެ ހިދުމަތް--
ކަނޑުއޮތްގިރީ ފިޝްވިލެޖް ދެމުންއައި މަސް ބަންދުކުރުމުގެ ހިދުމަތް އަލުން ފަށައިފި
މިފްކޯގެ ފްރެޝް ޕްރޮސެސިން ޕްލާންޓް "ކަނޑުއޮތްގިރީ ފިޝް ވިލެޖް" އިން އާއްމު ފަރާތްތަކަށް ދެމުންއައި މަސް ބަންދު ކޮށްދިނުމުގެ ހިދުމަތް ދުވަސްތަކަކަށް މެދުކެނޑާލާފައި އޮތުމަށްފަހު، އަލުން ހިދުމަތް ފަށައިފި އެވެ.

މިފްކޯއިން ބުނީ "ކަނޑުއޮތްގިރީ ފިޝްވިލެޖް" އިން އާއްމު ފަރާތްތަކަށް ދެމުންއައި މަސް ބަންދު ކޮށްދިނުމުގެ ހިދުމަތް ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން އެ ހިދުމަތް ދިނުމަށް ނިންމާ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޔާއި ފަރުމަސް ބަންދު ކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުން އެދޭކަމަށާއި ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރުން އެ ފުރުސަތު އާއްމުންނަށް ދެމުން ގެންދާނެ ކަމަށެވެ. ކަނޑުއޮތްގިރީ ފިޝްވިލެޖްގައި މަސް ޕެކްކުރުމަށް އެދި ހުށަހަޅާފޯމް މިފްކޯގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

އެކަމުގެ މަގްސަދަކީ، މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައްވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމާއި، އެކްސްޕޯޓްކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް މިފްކޯއިން ބުނެއެވެ. އަދި ރާއްޖެއިން
އެކްސްޕޯޓްކުރެވޭ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމުން، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު
އިތުރުވެގެން ދިޔުމުގެ މަގުތަނަވަސްކުރުން ކަމަށް މިފްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް