ads
ބްރޫނޯ ފެނާންޑޭސް
ފަހު ވަގުތު ފެނާންޑޭސް ޔުނައިޓެޑް ސަލާމަތްކޮށްދީފި
އެއްވަރުވެގެން މެޗު ނިމެންދަނިކޮށް، ބްރޫނޯ ފެނާންޑޭސް، ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްކޮށްދީފި އެވެ.

ބްރައިޓަންއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު އެ މެޗުގައި ޔުނައިޓެޑް މޮޅުވި ގޯލު، މެޗުގެ އެންމެ ފަހު ވަގުތު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސްއެވެ. ބްރައިޓަނުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީވެސް ބްރައިޓަންއިންނެވެ. ލިބުނު ޕެނަލްޓީއަކުން ބްރައިޓަނަށް ލީޑު ނަގައިދިނީ ނީލް މޯޕޭއެވެ. އޭގެ އިރުކޮޅެއް ފަހުން ބްރައިޓަނުގެ ކެޕްޓަން ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑަކުން ޔުނައިޓެޑް މެޗު އެއްވަރު ކުރިއެވެ.

ޔުނައިޓެޑަށް މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނީ ރަޝްފޯޑު އެވެ. އެހެންނަމަވެސް މެޗު ނިމުމުގެ ކުރިން ބްރައިޓަންއިން އަނެއްކާވެސް ގޯލެއް ޖަހާ މެޗު އެއްވަރު ކުރި އެވެ. އިތުރު ވަގުތުގެ ތެރޭގައި ބްރައިޓަންއިން ޖެހި މި ލަނޑާއި އެކު އެއްވަރު ވެގެން މެޗު ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން، ޔުނައިޓެޑް ސަލާމަތްކޮށްދިނީ ފެނާންޑޭސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް