ads
ޗެލްސީގެ ތިއާގޯ ސިލްވާ
ޗެލްސީ، ވެސްޓް ބްރޮމް އަތް ދަށު ވެއްޖެ
ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ، ވަރުގަދަ ޗެލްސީ ވެސްޓް ބްރޮމް އަތް ދަށު ވެއްޖެ އެވެ.

ޗެލްސީއާއި ވެސްޓް ބްރޮމްގެ މެޗު ނިމުނީ ތިން ލަނޑު ތިން ލަނޑުން އެއްވަރު ވެގެންނެވެ.

ވެސްޓް ބްރޮމްއާ ޗެލްސީގެ މެޗު ތިނެއް ތިނަކުން އެއްވަރުވި އިރު، ޗެލްސީގެ ތިން ލަނޑުވެސް އެ ޓީމުން ޖެހީ ވެސްޓް ބްރޮމް ތިން ލަނޑު ޖަހައި ހުރި ހޯދާފައިވަނިކޮށެވެ. އެހެންކަމުން މި މެޗުން ބަލި ނުވެ ޗެލްސީއަށް ފަރު ޖައްސައިލެވުމަކީ އެ ޓީމަށް ބޮޑު ކާމިޔާބީއެކެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ބްރޮމްއިންވަނީ އެ ޓީމުގެ ފުރަތަމަ ގޯލް ޖަހާފައެވެ. މި ގޯލް ޖެހީ ކަލުމް ރޮބިންސަންއެވެ. ވެސްޓް ބްރޮމްގެ ދެވަނަ ލަނޑު، ޗެޕްޓަން ތިއާގޯ ސިލްވާގެ މިސްޓްކޭކެއްގެ އެޑްވާންޓޭޖު ނަގައިގެން ޖެހީވެސް ކަލުމް ރޮބިންސަނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ ކޮޅަށް ތިންވަނަ ގޯލެއް ޖެހީ ކައިލް ބާޓްލީއެވެ.

ތިނެއް ސުމެއްގެ ނަތީޖާއަކުން ފުރަތަމަ ހާފު ނިމުނު ނަމަވެސް ޗެލްސީންވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި މެޗުން ޕޮއިންޓެއް ހޯދާފައެވެ. ޗެލްސީގެ ފުރަތަމަ ގޯލް ޖެހީ މޭސަން މައުންޓެވެ. އަދި ބަދަލު ކުޅުންތެރިޔާ ކަލުމް ހަޑްސަން-އޮޑޯއި ވަނީ ޗެލްސީއަށް ދެވަނަ ގޯލު ޖަހާދީފައެވެ. ޗެލްސީގެ ފަހު ލަނޑު އަދި އެއްވަރުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި ޓެމީ އަބްރަހަމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް