ads
ޝަރައްދާ ކަޕޫރް އަދި ސާރާ އަލީ ހާން——
ޝްރައްދާ އާއި ސާރާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފި
ބޮލީވުޑުގައި ފެންމަތިވެގެން އުޅޭ ޑުރަގު މައްސަލައިގައި ބަތަލާ ސާރާ އަލީ ހާން އާއި ޝްރައްދާ ކަޕޫރު އިއްޔެ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށްފައިވާއިރު އެ ދެމީހުންގެ މައްޗަށް ކުރާ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.

އިއްޔެ ސާރާ އެންސީބީއަށް ހާޒިރުވާން އަންގާފައިވަނީ ހެނދުނު 10:30 އަށެވެ. އެހެންނަމަވެސް އެގަޑި ފަހުން ވަނީ ސާރާގެ އެދުމުގެ މަތިން މެންދުރު 12:30 ބަދަލުކޮށްފައެވެ. ސާރާ އެންސީބީއަށް ހާޒިރުވެފައިވަނީ މެންދުރު 01:00 ގައެވެ. އަދި ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ ސުވާލުކުރުމަށްފަހު ސާރާ ދޫކޮށްލާފައިވަނީ ހަވީރު 05:45 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ސުޝާންތުއާއި “ކެދަރްނާތު” ފިލްމް ކުޅުނު އިރު ވަރަށް ގާތް ކަމަށާއި ސުޝާންތުއާއި އެކީ އޭނާ ސިނގިރޭޓް ބުއި ނަމަވެސް އެއްވެސް ގޮތަކަށް ޑްރަގް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

ޝްރައްދާއާ ވެސް އެކަމާއި ގުޅިގެން އިއްޔެ ސުވާލުކޮށްފައިވާއިރު އެންސީބީއަށް ހާޒުރުވުމަށް އޭނައަށް އަންގާފައިވަނީ އިއްޔެ މެންދުރު 11:30 އަށެވެ. ހަ ގަޑިއިރުގެ ދިގު ސުވާލުކުރުމަކަށް ފަހު އޭނަ ހަވީރު 05:45 ގައި ދޫކޮށްލިއިރު ޝްރައްދާވެސް ވަނީ ޑްރަގްގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އިއްޔެ އެދެމީހުންގެ އިތުރުން ދީޕިކާ ޕަޑުކޯން ވެސް ވަނީ އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް