ads
އެންޑީއޭގެ ސީއީސޯ ހަސަން ޝަހީލް
އެންޑީއޭގެ ސީއީއޯ ޝަހީލް މަގާމުން އިސްތިއުފާ ދެއްވައިފި
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ މަގާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެދި އެންޑީއޭގެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދަށް ފޮނުއްވި ސިޓީގައި ޝަހީލް ވިދާޅުވީ އެންޑީއޭގައި އޭނާ މަސައްކަތް ކުރަމުން އައީ ބޮޑެތި ގޮންޖެހުމަކާ ކުރިމަތިވި ކަމުގައި ވިއަސް އިހްލާސްތެރިކަމާ އެކު ކަމަށެވެ.

އަދި މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާ އަދި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށް ޝަހީލް ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ، އެޑިކްޝަންގައި އުޅޭ ބައެއް ފަރާތްތައް މެދުވެރިކޮށް އޭނާ އަށް ސީދާ އަމާޒްކޮށް ބަޔަކު މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއާއި ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރައި ބަދުނާމުކޮށް، ފުރައްސާރަކޮށް މިފަހުން އޭނާއާއި ބަޔަކު މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށްވެސް ޝަހީލްގެ ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ އޭނާ އެން، ޑީ.އާގެ ސީއީއޯގެ ގޮތުގައި ވަސައްކަތް ކުރާތާ 5 އަހަރުވެފައިވާއިރު، ކުރިން މިފަދަ
ބައެއްގެ ފަރާތުން މިފަދަ ކަމެއް ކުރިމަތި ވެފައިނުވާކަން ފަާހަގަ ކޮށްފަިއވެއެވެ. އެހެންނަމަވެސް މަސްތެވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކޮންމެވެސް ނުފޫޒެއް އޮތްބަޔަކު ފޮރުވިފައި ތިބެގެން އެބައެއްގެ މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި އޭނާގެ އަބުރު ކަތިލާ އަދި އިންޒާރުދީ ހެދުމަކީ
މި މަޤާމުގައި ހުންނަން ޖެހިލުންވާ ކަމެއްކަމުގައި ދަންނަވާ ކަމަށް ސިޓީގައި ޝަހީލް ވިދާޅުވެފައިވެއެވެ.

ޝަހީލް މަގާމުން އިސްތިއުފާ ދެއްވި އިރު އެންޑީއޭ ބަދަލް ކުރަން ޖެހޭ ކަމަށް ބުނެ "ޗޭންޖު އެންޑީއޭ" ގެ ނަމުގައި ސޯޝަލް މީޑިއާގައި އަންނަނީ ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.

ޝަހީލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ތަކެއްވެސް މިކެމްޕެއިންގެ ތެރެއިން ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ

މީގެއިތުރުން މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންނަށް އެންޑީއޭއިން ފަރުވާ ދިނުމުގައި އިހުމާލުވާ ވާހަކަ ތަކާއި އެކަށީގެންވާ ޕްރޮގްރާމްތަކެއް ނުހިންގާ ކަމަށްވެސް ފާހަގަކުރެއެވެ.

މަސްތުވާތެކެތި ބޭނުން ކުރާ މީހުން މުޖުތަމައުގައި ގިނަ ނަމަވެސް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ފަރުވާ ދިނުމަސް އެކަށީގެންވާ އަދަދަށް މީހުން ނުފޮނުވާ ކަމަށްވެސް މީހުން ބުނަމުންދެއެވެ. 

އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މަސްތުވާ ތަކެތިން މީހުން ސަލާމަތް ކުރުމަށް އެކަށީގެންވާ ފަރުވާގެ ޕްރޮގްރާމެއް ނުހިންގާ ކަމެވެ.

އެންޑިއޭގެ ބޯޑުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މިއަދާ ހަމައަށްވެސް ޑްރަގް ޓްރީޓްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އަމަލުކުރަން އޮންނަ އެސްއޯޕީ މުރާޖާކޮށް ހަރުދަނާ ކޮށްފައިނުވާ ކަން ކަމަށް މައުލޫމާތު ލިބެއެވެ. އެއީ އެންޑީއޭގެ ބޯޑުގެ 24 ވަނަ ބައްދަލުވުމުގައި އެންޑޯޒް ކޮށްފައިވާ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ އެސްއޯޕީ އެންޑޯޒް ކޮށްފައިވަނީ 9 މާޗް 2015 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް