ads
ސުއަރޭޒް އެތްލެޓިކޯގެ ޖަރޒީގައި
ސުއަރޭޒް ފެށީވެސް ދެ ލަނޑުން
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ، ވިހި މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެން، ލުއިސް ސުއަރޭޒް އެތްލެޓިކޯގެ ކެރިއަރު ފަށައިފިއެވެ.

ރޭ ލަލީގާގައި، ގްރަނާޑާ އަތުން ހައެއް އެކަކުން އެތްލެޓިކޯ މެޑްރިޑް މޮޅުވި މެޗަކީ، ސުއަރޭޒްއާ އެކު އެތްލެޓިކޯގެ ފުރަތަމަ މެޗެވެ.

ބާސެލޯނާއިން ދޫކޮށްލުމުން އެތްލެޓިކޯއާ ގުޅުނު ސުއަރޭޒްގެ ރޭގެ މެޗުގައި ކުޅުނީ އެންމެ ފަހު ވިހި މިނެޓް އެކަންޏެވެ. ސުއަރޭޒް ކުޅެން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ އެސިސްޓަކުން އެތްލެޓިކޯ ގޯލެއް ޖެހިއެވެ. އޭގެ އިރުކޮޅެއް ފަހުން ސުއަރޭޒްވަނީ ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސުއަރޭޒްވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ.

ބާސެލޯނާއިން ދޫކޮށްލުމުން ސުއަރޭޒް އެތްލެޓިކޯއަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގައެވެ. ރޭގެ މެޗުގައި ސުއަރޭޒް ކުޅެން ނުކުތީ އެތްލެޓިކޯގެ ޑިއެގޯ ކޮސްޓާގެ ބަދަލުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް