ads
ޔުވެންޓަސްއާ ރޯމާގެ މެޗެއްގެ ތެރެއިން
ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ސަލާމަތްވެއްޖެ
އާދިއްތަ ދުވަހުގެ ރޭ ސެރީއާގައި ރޮނާލްޑޯ ޖެހި ދެ ގޯލުން، ޔުވެންޓަސް. ރޯމާ އަތުން ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ރޯމާގެ ހޯމްގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޑިފެންޑިން ޗެމްޕިއަން ޔުވެންޓަސްއާއި ރޯމާގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުރަތަމަ ހާފުގެ ތެރޭގައި ރޯމާއިންނެވެ. ރޯމާއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކުރި ހޯދައިދިނީ ޖޯޑަން ވެރެޓައުޓެވެ. ހާފު ނިމުމުގެ ކުޑަ އިރުކޮޅެއް ކުރިން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރޯމާއިންވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. ރޯމާއަށް މި ލަނޑުވެސް ކާމިޔާބުކޮށްދިނީ ޖޯޑަން ވެރެޓައުޓެވެ.

ދެވަނަ ހާފުގައި ދެއްކި ރަތް ކާޑަކާއި އެކު އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދިޔަ ޔުވެންޓަސްއަށް ދެވަނަ ފަހަރަށްވެސް އެއްވަރުކޮށްދިނީ އުމުރުން ތިރީސް ފަސް އަހަރުގެ ރޮނާލްޑޯއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް