ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
ފަތުރުވެރިކަމުގެ މަންފާ ލިބޭނީ އިސް މަގާމުތަކަށް ދިވެހިން ގެނެސްގެން: މިނިސްޓަރު މައުސޫމް
ފަތުރުވެރިކަމުގެ ސިނާއަތުގެ ހަގީގީ މަންފާ ލިބޭނީ ދާއިރާގެ އިސް މަގާމުތަކަށް ދިވެހިން ގެނެސްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން މިނިސްޓަރު މައުސޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްގީ، މި ޝީއާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކާއި، އެޖެންޑާ-19ގެ ސިޔާސަތުތަކާވެސް ގުޅިލާމެހިފައިވާ ޝިއާރެއްކަމަށެވެ.  

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ބޮޑަށް ލިބިގެންދާނީ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން ނެވެ. އަދި ރައްޔިތުންނަށް ފައިދާވާނީ ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓްހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ހިދުމަތްދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިންގައިގަނެގެންވެސް ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ނިންމެވި ނިންމެވުމަކީ ރައިސް ސޯލިހް މިދަނޑިވަޅުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްތަރު މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރާ ރާއްޖެއިން ކުރިމަތިލާނީ ކުރިއެރުންތަކަކާއެކު ކަމަށާއި، އިތުރު ކާމިޔާބީތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް