ads
މެމްބަރު ހަސަން ލަތީފް--
މަންމަ ޕޮޒިޓިވްވެ ހަސަން ލަތީފް ކަރަންޓީނަށް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. 

އަދި މަންމަގެ ޑައިރެކްޓް ކޮންޓެކްޓަކަށް އޭނާ ވުމުން މިވަގުތު ހޯމް ކަރަންޓީންގައި ހުރި ކަމަށް ހަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. އަދި ކޮވިޑް-19 އަށް ހެދި ޓެސްޓް ނެގެޓިވް ކަމަށް ވެސް ހަސަން ބުނެފައިވެ އެވެ. 

ރާއްޖެއިން އިއްޔެވެސް ކޮވިޑް-19 އަށް 53 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިއާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނި 10098 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1210 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 8847 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް