ads
ޕީޖީ ހުސައިން ޝަމީމް--
ސައްހަނޫން މައުލޫމާތު ހުއްޓުވުމަށް މިހާރަށްވުރެ ފުޅާކޮށް މައުލޫމާތު ލިބޭނެގޮތް ހަމަޖައްސަން ޖެހޭ: ޕީޖީ
ސައްހަނޫން މައުލޫމާތު ހުއްޓުވުމަށް މިހާރަށް ފުޅާކޮށް މައުލޫމާތު ލިބޭނެގޮތް ހަމަޖައްސަން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީގެ ދަށުން މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ އަސާސި ހައްގު ތަންފީޒު ކޮށް ލިއްބައިދިނުމަށްޓަކައި އެކަމާ ގުޅޭ ގާނޫނެއް ހެދި މުއައްސަސާއެއް ހެދިފައިވާ ކަމަށެވެ. 

ޕީޖީ ޝަމީމް ވިދާޅުވީ އިދާރާއެއްގެ މަސައްކަތްތައް އިތުރަށް ތަރައްގީކޮށް އިސްލާހުކުރުމަށްވެސް މައުލޫމާތުގެ ބޭނުން ކުރެވޭނެ ކަމަށެވެ. 

ސައްހަ ނޫން މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް މީހުންގެ ތެރޭގައި ވާހަކަތައް ފެތުރޭކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އެ ފަރާތްތަކުގެ މައުލޫމާތު މިހާރަށް ވުރެއް ފުޅާކޮށް ފަސޭހަކޮށް މީހުންނަށް ލިބޭނެގޮތް ހަމަޖައްސަައިދީގެންނެވެ. 

ޝަމީމް ވިދާޅުވީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މުއައްސަސާތަކުގެ ސިޔާސަތުތައް ބައްޓަންކުރުމުން ވަރަށް ގިނަ ފައިދާތަކެއް ވާކަމަށެވެ. އެގޮތުން ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެން އޮފީހުގެ ޕޮލިސީތައް ބައްޓަންކުރުމުގައި އޮފީހުން ލިބެންހުރި މައުލޫމާތުތަކުގެ ބޭނުން ހިފިކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ އެބޭފުޅާގެ އެދުމަކީ ކުރިއަށް އޮތްތަނުގައި ދައުލަތުގެ މުއައްސަސާތަކުން އެއްކުރާ މައުލޫމާތާއި އެމައުލޫމާތުގެ މައްޗަށް ބިނާކޮށް ކަނޑައަޅާ ސިޔާސަތު ތަކަކީ އާންމުންގެ ތެރޭގައި ބަހުސް ކުރެވޭ އެކަމާ ބެހޭ ގޮތުން ފާޑުކިޔޭ ނިންމުންތަކަކަށް ވުން ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ވަރަށް ބޮޑުކަން ޕީޖީ ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް