ads
ހުޅުމާލެ--
ފްލެޓުތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދީފި
ގެދޮރުވެރި ކުރުމުގެ އެކި ޕްރޮގްރާމުތަކުގެ ތެރެއިން މާލެ އާއި ހުޅުމާލެ އަދި އަތޮޅުތެރޭގެ ރަށްރަށުން ސަރުކާރަށް ދައްކަން ޖެހޭ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ގެދޮރުވެރި ކުރުމުގެ އެކި ޕްރޮގްރާމުތަކުގެ ތެރެއިން ތަރައްގީކޮށްފައިވާ ފްލެޓުތަކާއި ހައުސިން ޔުނިޓްތަކަށް ދައްކަން ޖެހޭ ކުލި ފަސްކޮށްދީފަ އެވެ. އެ މުއްދަތު މިދިޔަ މަހަށް ހަމަވެފައިވަނިކޮށް އިތުރު ތިން މަހަށް ކުލި ދެއްކުން ފަސްކޮށްދޭން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކޮށްދީފައި ވަނީ ގިނަ ބަޔަކު އެގޮތަށް އެދެމުންދާތީ ކަމަށެވެ. އެގޮތުން މިމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފްލެޓްތަކާއި ހައުސިން ޔުނިޓްތަކުގެ ކުލި ފަސްކޮށްދޭން ނިންމާފައިވާއިރު ކުލި ދެއްކުން ފަސްކުރިޔަސް، ފްލެޓުތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ވެސް ދައްކަން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓްގެ މުއްދަަތަށް އިތުރުކުރެވޭނެ ކަމަށް ވެސް ބުނެ އެވެ.

އެގޮތުން ކުލި ފަސްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފަ އެވެ.

ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއެކު ސަރުކާރުން ވަނީ ފްލެޓުތަކުގެ އިތުރުން ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކުރި ރަށްތަކާއި ބިންތަކުގެ ކުލި ވެސް ހަ މަހަށް ފަސްކޮށްދީފަ އެވެ. އަދި ލޯނުތައް ދެއްކުން ވެސް ފަސްކޮށްދީފައިވާއިރު ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ލޯނުތައް ވެސް ދަނީ ދޫކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް