ads
އާސެނަލް- ލިވަޕޫލް މެޗުގެ ތެރެއިން
އާސެނަލް އަތުން ތިން ބަލި ވިޔަ ނުދީ ލިވަޕޫލް ސަލާމަތް ވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި އާސެނަލް ބަލިކޮށް، އާސެނަލް އަތުން ތިން ބަލިވިޔަ ނުދީ ލިވަޕޫލުން ސަލާމަތް ވެއްޖެއެވެ. ރޭގެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

އާސެނަލްއާ ލިވަޕޫލުގެ އެންމެ ފަހު ދެ މެޗުން އާސެނަލް މޮޅުވެފައިވާތީ، ރޭގެ މެޗުން އާސެނަލް މޮޅުވި ނަމަ ލިވަޕޫލް ތިން ބަލިވީއެވެ. އެހެންނަމަވެސް ރޭގެ މެޗުގައި އާސެނަލްއިން ލަނޑެއް ޖަހާފައިވަނިކޮށް ލިވަޕޫލުންވަނީ ތިން ލަނޑު ޖަހައި، މެޗުން މޮޅުވެފައެވެ. 

މި ދެ ޓީމުގެ މެޗެއް ބުރާސްފަތި ދުވަހުވެސް އޮންނާނެއެވެ. އެހެންނަމަވެސް އެއީ ކަޕު މެޗެކެވެ.

ރޭގެ މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލެކްސަންޑަ ލަކަޒޭޓްއެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއް ފަހުން މާނޭ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ލިވަޕޫލަށް ފުރަތަމަ ފަހަރަށް ރޭގެ މެޗުގައި ކުރި ހޯދައިދިނީ ރޮބަޓްސަން އެވެ. ލިވަޕޫލުގެ ފަހު ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިއޯގޯ ޔޮޓާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް