ads
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން -- ފޮޓޯ: އީސީ
ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށް ޕްރެޝަރެއް ނެތް: ޝަރީފް
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ އެއްވެސް ކަހަލަ ޕްރެޝަރެއް އޮވެގެން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރިފް މި ފަދައިން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އީސީން އެކުލަވާލާފައިވާ ޑްރާފްޓާއި ގުޅޭގޮތުން ޕާޓީތަކާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާގެ ތެރެއިންނެވެ. 

ބާޖަމާލުއްދީންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާޝިޕެއް އޮވެގެން ނޫން ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ގެނައުމަށް އެއްވެސް ފަރާތަކުން އީސީއަށް އަންގާފައިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓެއް އީސީން އެކުލަވާލާފައިވާއިރު އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިސްލާހު ގެނައުމަށް ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް މަޖިލިސް އިންތިހާބުގެ ކުރިން އީސީން ފަށާފައިވާކަމަށެވެ. އަދި ޕާޓީތަކާއި އެކު މަޝްވަރާ ކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ އެ ގާނޫނު ތަންފީޒު ކުރާފަރާތަކީ ޕާޓީތައް ކަމަށްވުންކަން ޝަރީފް ފާހަގަކުރެއްވި އެވެ.

ހުށަހަޅާފައިވާ ބައެއް އިސްލާހު ތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕް ލެވަލްގައި އަންހެނުންގެ ތަމްސީލުކުރާ މިންވަރު އިތުރު ކުރުމަށް އިސްލާހު ގެނެސްފައިވާނޭ ކަމަށެވެ. 

ޝަރީފް ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޫކުރާއިރު މެމްބަރުންގެ އަދަދަށް ހަމައެކަނި ބެލުމުގެ ބަދަލުގައި ޕާޓީތަކަށް އޮތް ތާއީދު ބަލަންޖެހޭ ކަމަށާއި، އެކަންވެސް އިސްލާހުގައި ހިމަނާފައިވާނޭ ކަމަށެވެ. 

އީސީން މިއަދު ޕާޓީތަކާއި އެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގައި ގިނަ ސިޔާސީ ޕާޓިތަކުގެ ފަރާތުން ބައިވެރިވެ އެފަރާތްތައް ދެކޭގޮތް ހިއްސާކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް