ads
ޕީޖީ ހުސައިން ޝަމީމް--
އިބްތިދާއީ އަޑުއެހުން ތަކުގައި ދައުލަތުން ދެން ބައިވެރިވާނީ އޮންލައިންކޮށް
މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ (ސީޖޭއޭ) އާއިޝަތް ރިޒްނާއާ އެކު މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށް ޕީޖީ ވަނީ އެދިވަޑައިގެންފަ އެވެ. 

ޕީޖީ ވިދާޅުވީ މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ހަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ކޯޓްތަކުގެ ގިނަ އަޑުއެހުންތައް އޮންލައިންކޮށް ގެންދާއިރު، މިހާރުވެސް ދައުލަތުގެ ފަރާތުން މައްސަލަތަކުގައި ބައިވެރިވަމުން އަންނަނީ އޮންލައިންކޮށެވެ. 

ޕީޖީން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަށް ހުށަހެޅި ދެވަނަކަމަކީ، 2021 ވަނަ އަހަރުން ފެށިގެން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށެވެ. 

"މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ." ޕީޖީ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ގޭގައި ބަންދުވެ ތިބެން ޖެހުމާ އެކު، ޓެކްނޮލޮޖީ ބޭނުންކޮށްގެން ގައުމުތައް ހިންގުމުގެ އިންތިޒާމް މިހާރު ވެސް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް