ads
ވަޒީރުން މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް
ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން ކަނޑައަޅައިފި
ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން ކަނޑައަޅާއިފި އެވެ.

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބު ކުރުމަށްޓަކައި ރައީސް އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރު ކޮށްފައިވާ "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

އެ މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް ދެ އަހަރަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ކަނޑައަޅާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުން އެ ކަންތައްތަކަށް އަމަލުކުރެއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި މިއަހަރުގެ އޮގަސްޓް 25 ގައި ވަޒީރުން ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ދިމާވެފައިވެ އެވެ. 

އަދި މިހާރުގެ ހާލަތައް ރިއާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަންމާއި ގުޅޭގޮތުން ވަޒިރުން މަޝްވަރާ ކުރިކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

ސްޓްރެޓެޖިކް އެކްޝަން ޕްލޭން، އެސްއޭޕީއަކީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅުމަށްޓަކާ ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯކް ހިމެނޭ ޕްލޭނިން ޑޮކިއުމަންޓެކެވެ. އެ އެސްއޭޕީގައި މިސަރުކާރުގެ މެނިފެސްޓޯ ވައުދުތަކާއި، އެކި އެކި ދާއިރާތަކުން ކުރަމުންދާ މުހިއްމު މަސައްކަތްތައް ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް