ads
މާލޭ ސިޓީގެ މޭޔަރު ޝިފާ--
މޭޔަރު ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި
މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކްގެ މައްސަލައިގައި އޭސީސީން ތަހްގީގު ކުރި މައްސަލައާއި ގުޅިގެންނެވެ. އޭސީސީން ބުނެފައިވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ ށ (ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށެވެ. 

މައްސަލައާއި ގުޅޭގޮތުން އޭސީސީ އިން ބުނެފައިވަނީ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ ދެ ފާހަނަބަރީގެ މަސައްކަތް އަމިން ކޮންސްތްރަކްޝަންސް އާ ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫންކަން ތަހްޤީޤަށް ފާހަގަކުރެވޭ ކަމަށެވެ. 

އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ހުއްދަ ނުދީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރުވާފައިވާކަން އިނގޭކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ ކަން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށާއި އެހެންކަމުން މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށެވެ. އަދި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ޝިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރު ޝިފާ ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އޭސީސީން ބުނެފައިވަނީ ބިޑްކުރުމަކާ ނުލާ އަދި އެއްބަސްވުމަކާ ނުލާ އަމިން ކޮންސްޓްރަކްޝަންއަށް މޭޔަރު ޝިފާ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށް ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް ކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އިނގޭކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް