ads
އިތުރު 37 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 37 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނައި ހަ ބިދޭސީން ކަމަށެވެ. 

މިއަދު ޕޮޒިޓިވްވި 37 މީހުންނާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 10،194 ކަށް އަރާފައެވެ. 

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1،116 މީހުންނެވެ. 

އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 556 ފަރާތް ތިބި ކަމަށެވެ. އަދި 80 ފަރާތެއް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ. 

މިއަދު ރާއްޖެއިން ވަނީ ކޮވިޑް-19 ޖެހުނު 87 ފަރާތެއް ބަލިން ރަނގަޅު ވެފައެވެ. މިއާއި އެކު ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 9،037 ކަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް