ads
އިންޑިއާގެ ނައިބު ރައީސް ބޮޑުވަޒީރު މޯދީއާ އެކު--
އިންޑިއާގެ ނައިބު ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އިންޑިއާގެ ނައިބު ރައީސް ވެންކަޔަ ނާޑޫ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިންޑިއާގެ ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ނައިބު ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އަލާމާތެއް ނުފެނެ އެވެ. އަދި އޭނާގެ ހާލުކޮޅު ރަނގަޅެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ އަންހެނުން ބައްޔަށް ނެގެޓިވް އެވެ. 

އިންޑިއާއިން މިހާތަނަށް ޖުމުލަ 6.15 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 5.1 މިލިއަންގަ އެވެ. އިންޑިއާއިން ކޮވިޑް-19 ގައި މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 96,318 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް