މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ފުރާފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 38 ވަނަ ދަތުރެވެ.
އެއާއެކު މޯލްޑިވިއަންގެ ފްލައިޓުން ޖުމްލަ 7332 ބަންގްލަދޭޝް މީހަކު މިވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ދަތުރުތަކެކެވެ.
ކޮވިޑް-19 ގެ މިހާލަތުގައި އެ މަަސައްކަތް ފެށިގެން ކުރިއަށްދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20000 އާ ގާތް ކުރާ އަދަދަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.