ads
ޗެލްސީގެ ކޯޗު ފްރެންކް ލަމްޕާޑު
ޗެލްސީ ކަޓައިފި، ޓޮޓެންހަމް ކުއާޓާއަށް
އިނގިރޭސި ލީގު ކަޕްގައި ޕެނަލްޓީން ޗެލްސީ ކަޓުވާލާއި، ޓޮޓެންހަމުން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޗެލްސީ ކެޓީ ޕެނަލްޓީން ފަހެއް ހަތަރަކުން ބަލިވުމުންނެވެ.

ރޭގެ މެޗުގައި ކުރިން ލަނޑު ޖަހައި ފުރަތަމަ ލީޑު ނެގީވެސް ޗެލްސީންނެވެ. ޗެލްސީއަށް ގޯލް ޖަހައިދިނީ ޓިމޯ ވާނާއެވެ. މިއީ މި ޓްރާންފަރގައި އަލަށް ޗެލްސީއާ ގުޅުނު ވާނާ ޖެހި ފުރަތަމަ ގޯލެވެ. ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ ތެރޭގައި ލަމޭލާ އެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ޓޮޓެންހަމުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ޗެލްސީގެ މޭސަން މައުންޓް އަތުން ޕެނަލްޓީ ކާމިޔާބު ނުވުމުން އެ ޓީމު ކެޓީއެވެ. އެ ޓީމުގެ އަނެއް ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް