ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
ކޮވިޑް ނުފެތުރޭ ރަށްރަށުގައި ކިޔަވައިދޭ ގަޑި އިތުރުކުރަނީ
ކޮވިޑް-19 ނުފެތުރޭ ރަށްރަށުގެ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދެމުންދާ ގަޑި އިތުރުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮވިޑާއި ގުޅިގެން ކިޔަވައިދެމުން އައީ އެންމެ ހަތަރު ގަޑިއިރަށް ނަމަވެސް އަންނަ ހަފުތާ އިން ފެށިގެން ފަސް ގަޑިއިރަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. 

އެގޮތަށް ނިންމީ ދަރިވަރުން ސްކޫލުގައި އުޅޭ ވަގުތު އިތުރުކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ. 

އަންނަ ހަފުތާ އިން ފެށިގެން މާލޭގައި ކީސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާއިރު މިނިސްޓަރު ވިދާޅުވީ ކިޔަވައިދޭން ފަށަން ނިންމީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވަން ނިންމާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތަށެވެ. 

އަދި އެޗްޕީއޭއާ ވަރަށް ގާތުން މިދަނޑިވަޅުގައި މަސައްކަތް ކުރެވެމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުގެ ސަބަބުން މާލޭގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލި އެވެ. އެކަމަކު ހާލަތު ރަނގަޅުވަމުންދާތީ އަލުން ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް ދަށް ގްރޭޑްތަކުގެ ކިޔެވުން ފަށަން އަދި ނުނިންމަ އެވެ. އެކަމަކު އެ ދަރިވަރުންގެ އޮންލައިން ކްލާސްތައް ވެސް ދަނީ ކުރިއަށެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް