ads
ފޮޓޯ: ފުލުހުން
މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯންތަކެއް އަތުލައިގެންފި
މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯންތަކެއް އަތުލައިގެންފި އެވެ.

ފުލުހުން ބުނެފައިވަނީ ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ 00:45 އެހާކަންހާއިރު މާފުށި ޖަލު ކައިރިން ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. 

ފުލުހުން ބުނެފައިވަނީ އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި ހަ ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް މައުލޫމާތުދީފައިވެ އެވެ. 

ފުލުހުން ބުނެފައިވަނީ މި މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް