12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ - ފޮޓޯ: ހޯމް މިނިސްޓްރީ
ހިޔާނާތުގެ ފައިސާގެ މަންފާ ހޯދައިފައި ނުވާނެ: އަދާލަތު ޕާޓީ
ހިޔާނާތުގެ މުއާމަލާތްތަކުގެ ތަފްސީލު ލަސްނުކޮށް ހާމަކުރޭ: އަދާލަތު ޕާޓީ
Share
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ މަންފާ ހޯދާފައިނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
Advertisement

އަދާލަތު ޕާޓީން މިފަދައިން ބުނެފައި މިވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މަންފާނުވާ ޕާޓީއެއް ނުހުންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރިއަތުގެ މަޖިލީހުގައި ބުނުމުންނެވެ. 

އެކަމާއި ގުޅިގެން އަދާލަތު ޕާޓީންކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ އެ ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގަމުންއައި ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކި ޕާޓީކަމަށެވެ. 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ޣައިރުގާނޫނީ ކަންކަމުގެ ވާހަކަ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެވެސް އެންމެ ފުރަތަމަ ދެއްކީ އެ ޕާޓީން ކަމަށް އަދާލާތު ޕާޓީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެ އެވެ. 

އަދާލަތު ޕާޓީން ބުނެފައިވަނީ ހިޔާނާތުގެ ފައިސާގެ މަންފާއެއް އެ ޕާޓީން ހޯދާފައިނުވާނެ ކަމަށެވެ. 

"އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީން ކަމަކީ މި ހިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތު ކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއްވެސް މި ޕާޓީ އިން ހޯދާފައި ނުވާނެ ކަމުގެ ޔަގީން ކަމެވެ." އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓްގައިވެ އެވެ. 

މީގެ އިތުރުން އަދާލަތު ޕާޓީން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާއި، ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލު ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސް ނުކޮށް ހާމަކުރުމަށް ގޮވާލާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް