ads
ރައީސް ނަޝީދާއި ހަސަން ލަތީފް--
ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމު އެމްޑީޕީގައި އެޅެން ބޭނުމެއްނޫން: ހަސަން ލަތީފް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ފޮރުވަން އުޅޭކަމުގެ އިލްޒާމް އެމްޑީޕީގައި އެޅެން ބޭނުން ނުވާކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާއިން ބައިކުޅަބައި ލިބިފައިތިބި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުނާ އެނޫންވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތް ކޮށް އިންސާފު ގާއިމުވާންޖެހޭ ކަމަށެވެ. 

އަދި އެކަން ނުކުރެވޭހާ ހިނދަކުވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށާއި އެ އިލްޒާމް އެމްޑީޕީގައި އެޅެން ބޭނުން ނުވާކަމަށެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، މި ފައިސާއިން މަންފާނުވާ ސިޔާސީ އެއްވެސް ޕާޓީއެއް ނުހުންނާނެކަމަށެވެ. އަދި މަޖިލީހުގައި ނެގި ވޯޓްތަކާއި ކުރީގެ މެމްބަރުންނާއި އޭރު މިނިވަން މުއައްސަސާތަކަށް ވެސް މިކަމުގެ މަންފާކޮށްފައިވާނޭ ކަމަށެވެ. 

އަދީބު ވިދާޅުވީ މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި، އޭނާ އިސްތިސްނާ ނުވާނޭ ގޮތުގެ މަތިން މިކަމުގައި މަންފާވި ހުރިހާ އެންމެނަށްވެސް އަދަބު ލިބެންޖެހޭ ކަމަށެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް