ads
އަކްޝޭ ކުމާރު--
ބެލް ބޮޓޮމްގެ ޝޫޓިން ނިންމާލުމަށް ފަހު އާ ޕޯސްޓަރެއް ދައްކާލައިފި
އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ބެލް ބޮޓޮމް" ގެ ޝޫޓިން ނިންމާލުމަށް ފަހު އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

އެ ޕޯސްޓަރު އާއްމު ކުރުމަށް ފަހު އަކްޝޭ ބުނީ އެކަނި ކުރެވޭނީ މަދު ކަންކަން ކަމަށާއި އެކުގައި މާ ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވަނީ ސްކޮޓްލެންޑުގައި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު އެކުގައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ. 

ޑިރެކްޓަރު ރަންޖީތު އެމް ތެވާރީ ވެސް ވަނީ ފިލްމުގެ ކްރޫއަށް ޝުކުރު އަދާކޮށްފަ އެވެ. ފިލްމުގެ ބަތަލާ ވާނީ ކަޕޫރު ވެސް ވަނީ ކޮވިޑާ ގުޅިގެން އައި ދަދިތަކުގެ ތެރެއިން ވެސް ފިލްމު ނިމުމުން އެކަން ފާހަގަކޮށްފަ އެވެ.

"ބެލް ބޮޓޮމް" އަކީ އަންނަ އަހަރުގެ އޭޕްރިލް 21 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސްޕައި ތްރިލާ ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް