ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--
އާދީއްތަ ދުވަހުން ފެށިގެން އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހަނީ
އަންނަ އާދީއްތަ ދުވަހުން ފެށިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާގެ ފައިދާ ބަހާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އޮތީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ޖަލްސާގައި ނިންމީ މިދިޔަ އަހަރުގެ އާމްދަނީއިން ހިއްސާއަކަށް ދެ ރުފިޔާ ބެހުމަށެވެ. 

މިދިޔަ އަހަރު އެމްޓީސީސީއަށް 53.3 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނެވެ. އެހެންކަމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ހިއްސާގެ ފައިދާ ދޫކުރަން ވަނީ ނިންމާފަ އެވެ.

ފާއިތުވި އަހަރުތަކުގައި ހިއްސާގެ ފައިދާ ނުނަގާ ތިބި ހިއްސާދާރުން ހިއްސާގެ ފައިސާ ނެގުމަށް އެމްޓީސީސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ހިއްސާގެ ފައިދާ ނެގުމަށް "ބޭންކަށް ހިއްސާގެ ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުމަށް ފަހު ބޭނުންވާ ލިޔެކިޔުންތައް [email protected] މެއިލް ކުރަން ޖެހެ އެވެ. 

އެމްޓީސީސީން ބުނީ ފޯމު ހުށަހަޅާ ހިއްސާދާރުންގެ ހިއްސާގެ ފައިދާ ބަހާނީ ބޭންކު އެކައުންޓަށް ކަމަށެވެ. އުމުރުން 18 އަހަރު ނުވާ ހިއްސާދާރެއް ނަމަ، ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާގެ ސިޓީ އަދި އައިޑީ ކާޑުގެ ކޮޕީ ފޮނުވަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް