ads
މިނިސްޓަރު މާރިޔާ ހާޒިރު ކުރި ކޮމިޓީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިސްޓަރު މާރިޔާ ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފި
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސިއްރު ކޮށްފި އެވެ.

މިނިސްޓަރު މާރިޔާ ހާޒިރުކޮށްފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށެވެ. 

ރައްޔިތުންގެ މަޖިލީހުން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިނިސްޓަރު މާރިޔާ ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފައިވާ ކަމަށެވެ. 

މިނިސްޓަރު މާރިޔާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން ކަމަށް މަޖިލީހުން މައުލޫމާތުދެ އެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ. 

މިނިސްޓަރު މާރިޔާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގިނަވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް