ads
ރ. ދުވާފަރު މަގުގައި ތާރު އެޅުމުގެ މަސައްކަތް-- ފޮޓޯ: އެމްޓީސީސީ
ރ. ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
ރ. ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ 77 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6،813 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމްކޮށް، މަގުގައި ދުއްވޭ ގޮތަށް 25،523 ސްކެއާ މީޓަރުގެ ސަރަހައްދެއް ހަދަން ޖެހެ އެވެ.

އޭގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތާއި މަގުބައްތި ހަކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

މިއީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

އެމްޓީސީސީން ދަނީ އެކި ރަށްރަށުގައި ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި މަގު ހެދުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް