ads
ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ޕޯސްޓަރެއް--
ސްޓެލްކޯއެޕުން ބިލް ދައްކައިގެން 10 މީހަކަށް 1000 ރުފިޔާ ހޯދުމުގެ ފުރުސަތު
ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކާ 10 ކަސްޓަމަރުންނަށް 1،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕް ބޭނުންކޮށްގެން ބިލް ދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ނަސީބުވެރި 10 ފަރާތް ހޮވާނެ ކަމަށެވެ.

ނަސީބުވެރި 10 ކަސްޓަމަރުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ޕްރޮމޯޝަނުގެ ދަށުން 1،000 ރުފިޔާ ލިބިގެން ދާނެ އެވެ. ނަމަވެސް ސްޓެލްކޯގެ ސީނިއާ މެނޭޖުމަންޓުގެ މުވައްޒަފުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި ދައްކާ ބިލަކީ އެންމެ ފަހުން އައިސްފައިވާ ބިލަށް ވާން ނުޖެހޭނެ ކަމަށާއި ކުރިން އައިސްފައިވާ ބިލްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދައްކައިގެން ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ. 

އޭގެ އިތުރުން މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތްތައް ހޮވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯގެ އެޕަކީ ފަސޭހަކަމާއެކި ހިދުމަތް ފޯރުކޮށްދިނުމަށް ތައާރަފުކުރި އެޕެކެވެ. އެ އެޕް މެދުވެރިކޮށް ފަސޭހައިން ބިލް ދައްކާ، ބިލަށް އަރާވަރު އަމިއްލައަށް ހިސާބު ކުރުމަށް މަގުފަހިވެ އެވެ.

އޭގެ އިތުރުން އެއް މީޓަރަށް ވުރެ ގިނަ މީޓަރު އެޕަށް އެޑު ކުރެވޭއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ކަރަންޓު ބޭނުންކޮށްފައި ހުރި ވަރާއި ބިލަށް އެރި މިންވަރު އެޕުން ބަލާލެވެ އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ފައިލް ސައިޒް ކުޑަ ސްޓެލްކޯއެޕް، ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް