ads
ދޯންޏަކުން ފެލިވަރަށް މަސްކިރަން ތައްޔާރުވަނީ-- ފޮޓޯ: ދިވެހި މަސްވެރިން
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

މީގެ ކުރިން 7.33 ރުފިޔާއަށް ވިއްކަމުން އައި ޑީސެލް ލީޓަރެއްގެ އަގު ވަނީ 6.67 ރުފިޔާއަށް ތިރިކޮށްފަ އެވެ. އެހެންކަމުން 0.66 ލާރި ވަނީ ތެލުގެ އަގުން ހެޔޮވެފަ އެވެ.

މާދަމާއިން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން މަސްވެރިންނަށް ޑީސެލް ވިއްކާނީ ލީޓަރެއް ވިއްކާނީ މިއަދު ބަދަލު ކުރި އަގަށެވެ. މި ވަގުތު ބާޒާރުގައި ޑީސެލް ލީޓަރެއްގެ އަގުހުރީ 8.71 ރުފިޔާ އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް