ads
ޖެންޑާ މިނިސްޓަރު--
"އަނބިމީހާ ރޭޕްކުރި މީހަކަށް ފުރަތަމަ ފަހަރަށް އަދަބެއް ލިބުމަކީ ހައްގުތައް ރައްކާތެރިކުރަން އެޅުނު ފިޔަވަޅެއް"
އަނބި މީހާ "ރޭޕް" ކުރި ފިރިމީހާއަށް ހުކުމްކުރުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކުރީގެ ފިރިމީހާގެ ފަރާތުން އަނިޔާތަކެއް ތަހައްމަލު ކުރި ގދ. ތިނަދޫއަށް ނިސްބަތްވާ ޒިޔާދާ ނައީމަށް ލިބުނު ޖިންސީ އަނިޔާތަކުގައި އޭނާ ވަނީ މަރުވެފަ އެވެ. 2015 ވަނަ އަހަރު ހިނގި އެ ހާދިސާއާ ގުޅިގެން އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާއިން ކްރިމިނަލް ކޯޓުން ސަލާމަތްވި އިބްރާހިމް ޝާހުގެ ތިން އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ހައިކޯޓުގެ ހުކުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓްރީން ދެކޭ ކަމަށެވެ، 

އަދި ޖިންސީ ކުށުގެ ގާނޫނުގައި ފިރިމީހާ އަނބި މީހާ "ރޭޕް" ކުރުމަކީ، އެ ގާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ދިވެހިރާއްޖޭގެ ތާރީހުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

މިނިސްޓްރީން ބުނީ ޕްރޮސިކިއުޓާ ޖެނެރަލް އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތަކަކީ އެ މިނިސްޓްރީން ބަލައިގަންނަ އަދި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް