ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު--
ޝަރުތުހަމަވާ މީހުންގެ ލިސްޓު ނެރޭ ގޮތުން ރައްޔިތުންނަށް އޮޅޭ: މުއިއްޒު
މިސަރުކާރުން ހިޔާ ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގެ ގޮތުގައި ލިސްޓު ނެރެމުންދާ ގޮތުން ރައްޔިތުންނަށް އޮޅޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ހިޔާ ފްލެޓްތަކަށް "ޝަރުތު ހަމަވާ" މީހުންގެ ގޮތުގައި ލިސްޓުތަކެއް ނެރުނަސް ފްލެޓު ދެނީ ކިތައް މީހުންނަށްކަން ބަޔާންކޮށް އިއުލާނެއް ނެރެފައިވާ ކަމަށެވެ. 

މުއިއްޒު އިޝާރާތް ކުރައްވާފައި ވަނީ ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކަށް މި ސަރުކާރުން ކަނޑައަޅާފައިވާ ފްލެޓުތަކުގެ އަދަދުތަކަށެވެ. އެގޮތުން ބައެއް ކެޓަގަރީތަކަށް ފްލެޓް ދޭން ނިންމާފައިވާ އަދަދުތައް ވެސް އެ ޓްވީޓުގައި ހިމަނާފައިވެ އެވެ. 

އެގޮތުން އިއުލާންކޮށްފައިވާ ލިސްޓުތަކުގައި އެމީހެއްގެ ތަރުތީބު ނަމްބަރު އެ އަދަދަށްވުރެ ދަށުގައިވާ އެއްވެސް މީހަކަށް ފްލެޓް ނުލިބޭ ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ އެޗް8 ކެޓަގަރީގެ ލިސްޓުގައި 1773 ވަނައިން ފެށިގެން ދަށުގައި ލިސްޓުގައިވާ އެއްވެސް މީހަކަށް ފްލެޓު ނުލިބޭ ކަމަށެވެ. 

މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން ލިސްޓު އާންމުކުރަމުންދާ ގޮތުން ރައްޔިތުންނަށް ވަރަށް ބޮޑަށް އެކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

މި ސަރުކާރުން ވަނީ ހަތަރު ކެޓަގަރީއަކުން ފްލެޓްދޭ އަދަދު މަދުކޮށް، ކުރިން މާލޭ ރަށްވެހިންނަށްދޭން ކަނޑައެޅި 1000 ފްލެޓުގެ ބަދަލުގައި އެ އަދަދު 1772 ފްލެޓަށް އިތުރުކޮށްފަ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގެ 475 ފްލެޓުގެ ބަދަލުގައި 233 ފްލެޓް ދޭން ނިންމާފައިވާއިރު ޓީޗަރުންނަށް ހާއްސަ ކުރި ފްލެޓުން 625 ފްލެޓުގެ ބަދަލުގައި 523 ފްލެޓަަށް އަދަދު ދަށްކޮށްފައިވާއިރު އެކަނިވެރި މައިންނާއި ބަފައިންނަށް 423 ފްލެޓު ދޭން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން 18 އަހަރާ 40 އަހަރުގެ ކެޓަގަރީ އަށް 805 ފްލެޓު ދޭން ނިންމާފައިވެ އެވެ. 

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓުތައް ތަރައްގީކުރަން ފެށިއިރު މި ސަރުކާރުން ވަނީ ކުރީ ސަރުކާރުް ފްލެޓް ދޭން ނިންމި ލިސްޓަށް ގިނަ ޝަކުވާތަކެއް ހުރުމުން ފްލެޓު ދިނީ ހައްގުވެރިންނަށްތޯ ބަލަން ކޮމިޝަނެއް އުފައްދާފަ އެވެ. އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް އާންމުކުރަމުން އަންނައިރު އެ ލިސްޓުތަކުގައި ޝަރުތު ހަމަވާ އެންމެން ހިމެނެ އެވެ. އަދި ޝަރުތު ހަަމަނުވާ މީހުން ވެސް ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް އާންމުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް