ads
ކްރިސީ އަދި ޖޯން ހޮސްޕިޓަލުގައި-- ފޮޓޯ: ކްރިސީ/ އިންސްޓަގްރާމް
ކްރިސީގެ ދަރިފުޅު ބައިގެން ހިނގައްޖެ
ލޭ ފޭބުން ފަދަ ގިނަ މައްސަލަތަކެއް ދިމާވަމުން ދިޔަ މޮޑެލް އަދި ޓީވީ ހޯސްޓް ކްރިސީ ޓެއިގެންގެ ދަރިފުޅު ބައިގެން ހިނގައްޖެ އެވެ.

ކްރިސީ އާއި އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ޖޯން ލެޖަންޑް އެކަން އިއުލާނު ކުރީ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށެވެ. 

އެ ދެމީހުން ބުނީ ބަނޑަށް ގާތްގަނޑަކަށް ހަ މަހުގައި ދަރިފުޅު ބީވެގެން ދިޔުމުން ކުއްލި ހައިރާންކަމާއި މީގެ ކުރިން ދުވަހަކު ވެސް އިހުސާސް ނުކުރާ ފަދަ ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. 

ލޮސް އެންޖެލަސްގެ ސެޑާސް ސައިނާ މެޑިކަލް ސެންޓަރުގައި ކްރިސީ އެޑްމިޓު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ދުވަހު އޭނާ ބުނީ ލޭ ފައިބާތީ ބެޑް ރެސްޓުގައި އޮންނަތާ މަހެއް ވެއްޖެ ކަމަށެވެ.

ކްރިސީ ބުނީ ލޭ ފޭބުން ނުހުއްޓުވުނު ކަމަށާއި ގަޔަށް ލޭ އަޅައިގެން ވެސް ބަނޑުގައި އޮތް ދަރިފުޅަށް ބޭނުންވާ މިންވަރަށް ފްލުއިޑް ފޯރުކޮށްނުދެވުނު ކަމަށެވެ.

އޭގެ އިތުރުން އެ ދެމަފިރިންގެ ފުރަތަމަ ދެ ދަރިން ލިބުނުއިރު، ވިހެއުމާ ހަމައަށް ކުދިންނަށް ނަން ނުކިޔާ ކަމަށާއި ނަމަވެސް މި ފަހަރު ދަރިފުޅު ބައިގެން ދިޔުމުގެ ކުރިން "ޖެކް" ގެ ނަން ދިން ކަމަށް ބުންޏެވެ. 

މީގެ ކުރިން އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށް އެ ދެމަފިރިންނަށް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ ލޫނާ އާއި މައިލްސް އެވެ. ނަމަވެސް މިފަހަރު މާބަނޑުވީ ފަރުވާ ނުކޮށެވެ. 

ސެލެބްރިޓީންގެ ތެރެއިން ކްރިސީއަކީ މާބަނޑު އިރު ދިމާވާ މައްސަލަތައް ފޭނުންނާ ހިއްސާ ކުރާ މަދު ފަންނާނުންގެ ތެރެއިން އެކަކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް