ads
މެސީއާ ރޮނާލްޑޯ ނިސްބަތްވާ ޓީމުތައް އޮތީ އެއް ގްރޫޕެއްގައި
ޗެމްޕިއަންސް ލީގު: ބާސާއާ ޔުވެންޓަސް އެއް ގުރޫޕަކަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ޔުވެންޓަސް އެއް ގްރޫޕަކަށް ލައްވާލައިފިއެވެ. ބުރާސްފަތި ދުވަހު އޮތް ގުރުއަތު ނެގުމުގައި މި ދެ ޓީމު އެއް ގްރޫޕަކަށް ލައްވާލިއިރު، މި ވެގެންދާނީ ދެހާސް އަށާރަވަނަ އަހަރުގެ ފަހުން މެސީއާއި ރޮނާލްޑޯގެ ފުރަތަމަ ކުރިމަތި ލުމަށެވެ.

ޗެމްޕިއަންސް ލީގުގައި ބާސާއާއި ޔުވެންޓަސްއާއި އެކު މި ގްރޫޕުގައި ދެން ހިމެނެނީ ޔޫކްރޭނުގެ ޑިނަމޯ ކިއޭވް އާއި ހަންގޭރީގެ ފެރެންސްވަރޯސް އެވެ. ޗެމްޕިއަންސް ލީގު ފެށޭނީ އޮކްޓޫބަރު މަހު ފަހުކޮޅުއެވެ.

ބާސާއާއި ޔުވެންޓަސް ހިމެނޭ ގްރޫޕުގެ އިތުރުން މި ފަހަރު އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އަނެއް ގްރޫޕަކީ ޔުނައިޓެޑާއި ޕީއެސްޖީ ހިމެނޭ ގްރޫޕެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަދި ތުރުކީގެ އިސްތަންބޫލު ބަސެކްޝެހިރް އެވެ. 

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި އޮސްޓްރިއާގެ ސަލްޒްބާގް އަދި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ އެއް ގްރޫޕެއްގައެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ހިމެނޭ ގްރޫޕްގައި އޮތީ ޔޫކްރޭނުގެ ޗެމްޕިއަން ޝަހުތަރު ޑޮނެސްކާއި އިންޓަ މިލާނު އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް