ads
ހައިކޯޓް--
ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހެއްގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމް
ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައަކީ އައްޑޫސިޓީ މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ސާބިތުނުވާ ކަމަށް ނިންމާފައި އޮތް މައްސަލައެކެވެ. ދައުލަތުގެ ފަރާތުން މި މިމައްސަލަ ހައިކޯޓުގައި އިސްތިއުނާދުކުރުމުން ހައިކޯޓުން ވަނީ އެމީހާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. 

ހުކުމް އިއްވާފައިވަނީ ގދ. ނަޑެއްލާ، ރަބީއީމަންޒިލް، މުހައްމަދު އަޖްނާޒުގެ މައްޗަށެވެ. 

ކުޑަކުއްކަށް ޖިންސީ ގުނަވަން ދެއްކުމުން އަޖުނާޒުގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. 

މެޖިސްޓްރޭޓް ކޯޓުން ސާބިތުނުވެ ހައިކޯޓުން ސާބިތުވި މައްސަލައިގައި ބުނެފައިވަނީ އަޖުނާޒުގެ މައްޗަށް މީގެ ކުރިންވެސް މިފަދަ މައްސަލަތައް ސާބިތުވެފައިވާ ކަމަށާއި، އޭނާގެ ފަރާތުން މިފަދަ ކަންކަން ތަކުރާރު ވަމުން އަންނަނީ ޖިންސީ މިފަދަ އަމަލުތަކުން ދުރުހެލި ކުރުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާ ނުދެވޭތީ ކަމަށެވެ.

ހައިކޯޓުން ބުނެފައިވަނީ އަނިޔާ ލިބުނު ކުޑަ ކުއްޖާ ކަންވީގޮތް ބަޔާންކޮށް، ދީފައިވާ ހެކި ބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކި ބަހެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިއީ އަޖުނާޒާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިން ކިޔައިދިނުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ. 

އެހެންކަމުން އޭނާގެ މައްޗަށް މިމައްސަލަ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށާއި، އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް