ads
ކުޅުދުއްފުއްޓަށް ގެންދިޔް ސާމާނު-- ފޮޓޯ:އެމްއެންޑީއެފް
ކަނޑަށް އެޅޭ ތެޔޮ ސާފުކުރުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެންގޮސްފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ އެޅިއްޖެނަމަ ތެޔޮ ނަގާނެ އަދި ތަންތަނުގައި ތެޔޮ ހަރުލައިފިނަމަ ސާފުކުރުމަށް ބޭނުންވާ ސާމާނުތަކުގެ ތެެރެއިން ޖަޕާނު ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ތަކެތި ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ.

ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ އެތަކެއްޗަކީ އުތުރުގެ ސަރަހައްދަށް ކަނޑައެޅިފައިވާ ތަކެތިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި އެ ތަކެތި  ބޭނުން ކުރަމުންދާނީ ކަނޑަށް ތެޔޮ އެޅުންފަދަ ހާދިސާތަކުން ތިމާވެށި ސަލާމަތްކުރުމަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

your imageފޮޓޯ:އެމްއެންޑީއެފް

ކަނޑުގެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް ޖަޕާނުން ރާއްޖެއަށް 43 މިލިއަން ރުފިޔާގެ ސާމާނު ފޯރުކޮށްދީފައިވަނީ އޮަގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެތަކެއްޗަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު 2018 ވަނަ އަހަރުވެފައިވާ "އެކްސް ޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގެ ދަށުން ހަދިޔާކުރަން ނިންމާ ހަވާލުކުރެވިފައިވާ ތަކެތި ކަމަށް ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އިން ބުނެ އެވެ. 

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަށް އޮއިލް ބޫމް އާއި އަށް އޮއިލް އެބްސޯބަންޓް ބޫމް އާއި ހަތަރު ކްރޭން ޓްރަކް ފަދަ ސާމާނެވެ. 

ކަނޑަށް ތެޔޮ އެޅިއްޖެނަމަ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ޖަޕާނުން ފޯރުކޮށްދިން އެތަކެތީގެ ސަބަަބުން ރާއްޖޭގެ ކަނޑުތައް ތަގައްޔަރުވުމުން ރައްކާތެރިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް