ads
އަނިޔާ ލިބުން ކުއްޖާ--
ދާންދޫ މާރާމާރީގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ގއ. ދާންދޫގައި ރޭ ހިނގި މާރާމާރީގައި އަނިޔާ ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެރަށު ކައުންސިލުގެ މެމްބަރަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެއްހުމެއްގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އުމުރުން 18 އަހަރު ނުވާ ކުއްޖަކަށެވެ. 

އެކުއްޖާއަށް ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު، އެންމެ ފުރަތަމަ އިތުރު ފަރުވާއަށް ފޮނުވާފައި ވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލަށެވެ. އެކަމަކު އެ ހޮސްޕިޓަލުން އޭނާ މާލެއަށް ފޮނުވަން ލަފާދީފައިވާތީ މިއަދު ހެނދުނު މާލެއަށް ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް މެމްބަރު ވިދާޅުވި އެވެ. 

މެމްބަރު ވިދާޅުވި ގޮތުގައި ޓެސްޓްތަކެއް ހަދާފައިވީ ނަމަވެސް އަދި ނަތީޖާއެއް ނުލިބެ އެވެ.

ޖޯޑެއް ކަހަލަ އެއްްޗަކުން އެކުއްޖާއަށް ހަމަލާދީފައިވާއިރު އެކުއްޖާގެ ބޯވަނީ ވަރަށް ބޮޑަށް ފަޅައިގެންގޮސްފައި ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ކުއްޖާގެ ހާލު ސީރިއަސްކަމަށާއި ލިބުނު ޝޮކެއްގެ ސަބަބުން މީހުން ވަކިކުރަން ވެސް ނޭނގޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް މެމްބަރު ވިދާޅުވި އެވެ. 

ރޭ 11 ހާއިރު ހިނގި އެހާދިސާގައި ތިން މީހަކަށް އަނިޔާވި ނަމަވެސް އެ ކުއްޖާ ފިޔަވައި އެހެން މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ރޭ 11:25 ހާއިރު އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް