ads
އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ނައިބް ރައީސް ޖޯ ބައިޑެން --
އެމެރިކާގެ ކުރީގެ ނައިބް ރައީސް ބައިޑެން ކޮވިޑަށް ނެގެޓިވް
އެމެރިކާގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ނައިބް ރައީސް ޖޯ ބައިޑެން ކޮވިޑްއަށް ނެގެޓިވް ވެއްޖެ އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ބައިޑެން އާއި އޭނާގެ އަނބިކަބަލުން ޖިލް ބައިޑެންވެސް ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ. 

ބައިޑެންގެ ކެމްޕެއިން މެނޭޖަރު ޑިލޯން ވިދާޅުވީ ކެމްޕެއިން ޓީމްގެ ސްޓާފުން ކޮވިޑް-19 އިން ރައްކާތެރިވެތިބުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާކަަމަށާއި ބައިޑެން ކޮވިޑް-19 އިން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް ޓީމުންނާއި ހެލްތް ކެއާ ޓީމުން އަޅަމުންދާ ކަމަށެެވެ. 

ބައިޑެންގެ ކެމްޕެއިން ޓީމުން ބާއްވާ ކެމްޕޭންގެ އެވުންތައްވެސް ބާއްވަަމުންދަނީ ގައިދުރުކަމުގެ ފިޔަވަޅުތަކާއިއެކު މާސްކް ވެސް މަޖުބޫރުކޮށްގެންނެވެ.

ބައިޑަން ކޮވިޑް-19 އަށް ނެގެޓިވްވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ބައިވެރިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަބިކަބަލުން ކޮވިޑަށް ޕޮޒިޓިވެފައިވަނިކޮށެވެ.

ފެށުނީންސުރެ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާކަން ދައްކަން ޓްރަމްޕް މަސައްކަތް ކުރައްވަމުން ދަނިކޮށް އޭނާ އާއި އަނބިކަބަލުން ވަނީ އިއްޔެގެ ވަގުތެއްގައި ކޮވިޑަށް ޕޮޒިޓީވްވެ އިންތިހާބަށް މަދުދުވަސްކޮޅަކަށް ވެފައިވަނިކޮށް ކެމްޕެއިން މެދުކަނޑާލައި ކަރަންޓީންއަށް ވަޑައިގަންނަވަން ޖެހިފައެވެ. މިއީ އަންނަން އޮތް އިންތިހާބުގައި ޓަރަމްޕަށް ނާކާމިޔާބީއާއި ކުރިމަތިވެދާނެކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ.

ޓްރަމްޕްގެ ކެމްޕެއިން އެއްވުންތަކުގައި އެއްވެސް ވަރަަކަށް ގައިދުރުކުރުމާއި މާސްކް އެޅުން މަޖުބޫރު ނުކުރަތީ އާއްމުންނާއި އިދިކޮޅުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރިޔާސީ ބަހުސްގައި ވެސް ޓްރަމްޕްގެ އާއިލާއާއި ޓްރަމްޕް އައިސްފައިވަނީ މާސްކުވެސް އެޅުމެއް ނެތިއެެވެ. ޓްރަމްޕް ޕޮޒިޓިވްފައިވަނީ "ބަލިމަޑުކަން މިހާރު ނިމެނީ" ކަމަށް ބުނެފައި ވަނިކޮށެވެ. ޓްރަމްޕް ޕޮޒިޓިވްވިއިރު މި މަހު 15 ގައި ވަނީ ދެ ވަނަ ރިޔާސީ ބަހުސް މިއާމީގައި ބާއްވަން ޝެޑިއުލްކޮށްފަ އެވެ.

މިހާރު ވެސް ރައީސްކަން ކުރައްވާ ޓްރަމްޕްގެ އުމުރުފުޅަކީ 74 އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބައިޑަން އަށް މިހާރު އުމުރުފުޅުން 77 އަހަރެވެ. 

އެމެރިކާއަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އަދި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައިވަނީ ވެސް އެމެރިކާއިންނެވެ. އެމެރިކާގައި މިހާތަނަށް ޖުމުލަ 7.4 މިލިއަން މީހުނަށް މިބަލި ޖެހުނު ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި 212،660 މީހުން މި ބަލީގައި މަރުވި ކަމަށް އެމެރިކާއިން ރިޕޯޓްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް