ads
ގއ. ދާންދޫ
ދާންދޫ މާރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި
ގއ. ދާންދޫގައި ރޭ ހިންގި މަރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ އެ މައްސަލައާ ގުޅިގެން ނުވަ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެއްހުމެއްގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް ކަމަށް އެރަށު ކައުންސިލް މެމްބަރު ވިދާޅުވެ އެވެ. 

އަދި އެކުއްޖާއަށް މިހާރު މާލެއަށް ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

ޖޯޑެއް ކަހަލަ އެއްްޗަކުން އެކުއްޖާއަށް ހަމަލާދީފައިވާއިރު އެކުއްޖާގެ ބޯވަނީ ވަރަށް ބޮޑަށް ފަޅައިގެންގޮސްފައި ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ކުއްޖާގެ ހާލު ސީރިއަސްކަމަށާއި ލިބުނު ޝޮކެއްގެ ސަބަބުން މީހުން ވަކިކުރަން ވެސް ނޭނގޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް މެމްބަރު ވިދާޅުވި އެވެ. 

ރޭ 11 ހާއިރު ހިނގި އެހާދިސާގައި ތިން މީހަކަށް އަނިޔާވި ނަމަވެސް އެ ކުއްޖާ ފިޔަވައި އެހެން މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ. 

މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 11:25 ހާއިރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް